މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނުކަމަށް އިއްޔެ ރިޕޯޓުކޮށްފައިވާ ދޯނި، ސަލާމަތްތެރިކަމާއެކު އަނބުރާ ރަށަށް ވަދެފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) އިން ބުނެފިއެވެ.

އިއްޔެ ގެއްލުނުކަމަށް ރިޕޯޓްކޮށްފައިވަނީ،ތ.ވިލުފުށީ ރައްޔިތުންގެ މަސްދޯނިކަމަށްވާ ”ވިލުރޯދި“އެވެ. ހަތް މީހުންނާ އެކު މަހަށް ނިކުތް މިދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ، ރޭ ދަންވަރު އެ ދޯނީގައި ތިބި ފަޅުވެރިންނާ ގުޅިފައިވާކަމަށެވެ. އަދި، ސަލާމަތްތެރިކަމާ އެކު ދަންވަރު 02:00 ހާއިރު ދޯނި ތ.ވިލުފުއްޓަށް ވަދެފައިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާކަމަށެވެ.