ރޭ ދަންވަރު ބަންޑުން ޖަހާލި ކޮޅުވެއްޓިން ދަތުރުކުރި އެކަކު މަރުވެ ދެ މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފިއެވެ.
މާލެއިން ފުރައިގެން އެރިޔަދޫ ރިސޯޓަށް ދަތުރުކުރި ”އަލްމާކް-ފިޔަ“ ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ހަތް މީހަކު ކަނޑުވިއެވެ. އޭގެ ތެރެއިން 4 މީހަކު ސަލާމަތް ކޮށްފައިވާއިރު، ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން މިއަދު ހެނދުނު ވަނީ ކަނޑުގެ އަޑިން ނަގައިފަ އެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ ގއ. ދާންދޫ ސަރުސޫނުގޭ އުމުރުން 38 އަހަރުގެ އަހުމަދު ޝިފާންއެވެ.










