ހއ. މުރައިދޫ ކައުންސިލުން އެރަށުގައި އަޅަން ނިންމާފައިވާ މަސްމާރުކޭޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ފުުރުސަތު ހުޅުވާލައިފި އެވެ.
މިކަން އާންމުކޮށް ކައުންސިލް އިދާރާއިން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަސްމާރުކޭޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށާއި، އެ މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށްފަހު، ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
”ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު“ ފުރުމަށްފަހު، ކައުންސިލް އިދާރާގެ އީމެއިލް procurement@muraidhoo.gov.mv އަށް ފޮނުވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅައިގެން ބީލަމުގައި ރަޖިސްޓްރީ ކުރެވިދާނެކަމަށާއި، 29 މަރޗް 2026 ގެ 13:00 ގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ކައުންސިލުން ބުންޏެވެ.
ޕްރީބިޑް ބައްދަލުވުން އޮންނާނީ 30 މަރޗް 2026 ވަނަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ. އަދި، ބީލަން ހުށަހަޅާ ބައްދަލުވުން އޮންނާނީ 01 އޭޕްރީލް 2026 ވަނަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައިކަމަށް އިން ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ކައުންސިލުން ބުނިގޮތުގައި، މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.
މުރައިދޫ މަސް މާރުކޭޓަކީ އެެރަށު ރައްޔިތުން މަސް ކެނޑުމަށާއި މަސް ވިއްކުމަށްޓަކައި ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތް ކުރެވޭ ތަނެކެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ބިޑްއުޞޫލުން ، ކައުންސިލް އިދާރާއިން ބައެއް ތަކެތި ދިނުމުން އަދި އަމިއްލަ ބައެއް ތަކެތި ބޭނުންކޮށްގެން މަސައްކަތް ކުރާގޮތަށެވެ. މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާގެ ނަންބަރު 6500032 އަށް ގުޅާލުމުން މަޢުލޫމާތު ފޯރުކޮށްދޭނެކަމަށް ކައުންސިލުން ބުންޏެވެ.