ތ. ވިލިފުށީގެ ދޮށީ ކަނދުފަތި އަޅައިފި އެވެ.
ވިލިފުށީ ކަނދުފަތި އަލުން އަޅާފައިވަނީ، ކުރިން އޮތް ކަނދުފަތި ކަނޑައިގެން ދިއުމުންނެވެ. ކުރިން އެ ރަށު ކަނދުފަތި އަޅާފައި އޮންނަނީ ރަށުގެ އިރުން 9 މޭލު ބޭރުގައެވެ. އިއްޔެ އަލަށް އެޅި ކަނދުފަތި ގާއިމުކޮށްފައިވަނީ އެރަށުގެ އިރުން 10 މޭލުން ބޭރުގައެވެ.
އިއްޔެ އެޅި މި ކަނދުަފަތީގެ ނަންބަރަކީ، L09D03-02 އެވެ.
ކަނދުފަތީގެ ވިއުގަ ފުޅާކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާރު މިނިސްޓްރީގެ ޓީމަކުން ދަނީ މެދު ރާއްޖެތެރޭގެ ސަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ. މިދިޔަ އާދީއްތަ ދުވަހު ވަނީ މ. ކޮޅުފުށީގައި އަލަށް ވަދު ކަނދުފައްޗެއް އަޅާފައެވެ. އެކަނދުފަތި އަޅާފައިވަނީ މ. ދިއްތުނޑީގެ އިރު ދެކުނުން 7 މޭލު ބޭރުގައެވެ.