ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މި މަހުގެ 24ވާ ހޮނިހިރު ދުވަހު ބަހަން ފަށާގޮތަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ރޯދަ ހަދިޔާ ބެހުމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ޓާސްކު ފޯހުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު މިނިސްޓްރީގެ ރަށްވެހި މާލަމުގައި ބޭއްވި ޕްރެސް ބްރީފިންގައެވެ.
ވަޒީރު ވިދާޅުވީ، މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24ވާ ހޮނިހިރު ދުވަހުން ފެށިގެން ފެބްރުވަރީ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެމުއްދަތުގައި، ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށް މަސް ދަޅު ދޫކުރާނކަމަށެވެ. އަދި މަސްދަޅު ދޫކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައާރަފުކުރި ރޯދަ ހަދިޔާ ޕޯޓަލް roadhahadhiya.mv އިން ޓޯކަން ރަޖިސްޓްރޭޝަނަށް މިއަދު ހުޅުވާލާނޭކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ދޫކުރުމަށް 15 މަރުކަޒެއް ގާއިމުކޮށްފައި ވެއެވެ. އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:
މާލެ؛
މިފްކޯ މަރުކަޒު
ސޯޝަލް ސެންޓަރު












