ފުނަދޫ ދާއިރާގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
މި މަޝްވަރާ ކުރިޔަށް ގެންދިޔައީ، މިދިޔަ ބުރާސްފަތި ދުވަހު މަސްވެރިކަމާބެހޭ ވަޒީރު، ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްއާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި ބައްދަލުކުރެއްވުމުގައި ފުނަދޫ ދާއިރާގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވާކަމަށެވެ އަދި ށ. ފުނަދޫ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިއްސާކުރައްވައި، ރަށުގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލުތައް ހޯދައިދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށެވެ.
މަސްވެރިކަމާބެ ވުޒާރަގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙްގެ އިތުރުން ށ. ފުނަދޫ ކައުންސިލްގެ އިންތިޚާބީ ރައީސް މުޙައްމަދު އާދިލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.