ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި އިޓަލީ އެމްބަސީގެ ފަރާތުން ކަނޑުގެ ދިރުންތައް ތައްކުވައިދޭ ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
”ދަ ފްރެޖައިލިޓީ އެންޑް ބިއުޓީ އޮފް މެރިން އިކޯސިސްޓަމް“ގެ ނަމުގައި ބޭއްވި މިހަފުލާއަކީ މިޔުޒިކް ފަދަ ފަންނީ ވަޞީލަތްތައް މެދުވެރިކޮށް އާންމުންގެ މެދުގައި ކަނޑުގެ ދިރުންތަކާއި ދިވެހިރާއްޖޭގެ ތިމާވެއްޓާމެދު ޝައުގުވެރިކަން އުފެއްދުންކަމަށް އެމްއެންޔޫއިން ބުންޏެވެ.
ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:30 އިން ފެށިގެން މެންދުރު 14:00އަށް އެމް.އެން.ޔޫ އޮޑިޓޯރިއަމްގައި ކުރިއަށްގެންދިޔަ މި ހަފްލާގައި އިޓަލީގެ މަޝްހޫރު މިޔުޒިކް ކޮންޒަވޭޓްރީތަކުން ބައިވެރިވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން އެކި ޤައުމުތަކާއިއެކު ބާއްވާ މިފަދަ ބައިނަލްއަޤްވާމީ ހަފްލާތަކުގެ ސަބަބުން ބޭރުގެ ޤައުމުތަކާއި ގުޅުން ބަދަހިވެ، ދިވެހިންގެ މަޢުލޫމާތު މުއްސަނދިވުމުގެ ފުރުޞަތު އިތުރުވެގެންދާނެއެވެ.