މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފްލާގައި ދޭ އެވޯޑުތަކަށް ނަން ހުށަހެޅުމަށް ދިން މުއްދަތު އިތުރު ދެހަފުތާއަށް އިތުރުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން އެވޯޑަށް ނަން ހުށަހެޅުމުގެ ފުުރުސަތު ހުޅުވާލީ އޮކްޓޯބަރުމަހުގެ 9 ވަނަ ދުވަހު އެވެ. އިއްޔެގެ 14:00 ގެ ނިޔަލަށް އެދުވަހު ކުރި އިއުލާނުގައި ސުން ސުންގަޑި ހަމަވެފައިވާއިރު، އިއްޔެ އެ މިނިސްޓްރީން ވަނީ ސުންގަޑި އިތުރު ދެ ހަފުތާއަށް ދަންމާާފަ އެވެ. އިތުުރުކުރި 14 ދުވަހާއެކު މިހާރު އެވޯޑަށް އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑިއަކީ 21 ނޮވެމްބަރ 2024 އެވެ.
މިނިސްޓްރީން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)، މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި) އަދި، އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށެވެ. މިނިސްޓްރީން ބުނީ، މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.












