ކުރިޔަށް އޮތް ތިންދުވަހު އާންމު ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އެ އިދާރާއިން މިއަދު ހެނދުނު ނެރުނު މޫސުމީ ސަމާލުގައި ބުނެފައިވަނީ، ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، މިއަދު މެންދުރު ފަހުން ފެށިގެން ކުރިޔަށް އޮތް ތިން ދުވަހު އެކި ހިސާބުތަކަށް ވިއްސާރަކޮށް، އާންމު ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
އެ ސަމާލުގައި ބުނެފައިވާގޮތުގައި، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރައި، އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި، ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެކަމަށާއި، ކަނޑުތައްވެސް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް ބުނެފައި ވެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ހުރިހައި ފަރާތްތަކުން ޚާއްސަކޮށް ދަތުރުވެރިން މޫސުމާބެހޭ މައުލޫމާތު އަދާހަކުރުމާއެކު މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ. އެއިދާރާއިން މިހާރުވެސް އޮތީ ހއ އަތޮޅުން ފެށިގެން މ އަތޮޅާ ހަމަޔަށް މޫސުމީ ހުދު ސަމާލު ނެރެފައެވެ.