ހއ. ހޯރަފުށީފަޅުގެ އުތުރު ފަރާތާއި ދެކުނު ފަރާތުގައި ދެ މަސްކަނޑާ އަށި ހަދައިދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފި އެވެ.
ހޯރަފުށީ ކައުންސިލުން ބުނީ މަސް ކަނަޑާ އަށިތައް ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތައް ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކައް ބީލަމަށް މިހާރު ހުޅުވާލާފައިވާކަމަށެވެ، އެގޮތުން މިކަމާ ގުޅޭ ގޮތުން އާންމުކޮށަްފައިވާ އިއުލާނާއެކު ބީލަން ފޮތާއި، މަޢުލޫމާތު ކަރުހާއި، ކުރެހުންތައް ހިއްސާކޮށްފައިވާނެކަމަށެވެ.
ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީކުރުމަށްފަހު، ކައުންސިލްގެ އިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ. މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 އާ ހަމަޔަށް ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވެވެނީ އެކަމަށް ޚާއްސަކޮށްފައިވާ ފޯމް ފުރާލައިގެންނެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދޭނީ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނިކަމަށް ކަައުންސިލުން ބުނެފައި ވެއެވެ.
ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ 17 ވާ އަންގާރަދުވަހުގެ މެންދުރު 01:00ގައި ކައުންސިލް އިދާރާގައެވެ. ބީލަމާގުޅެ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ 6500030 އަށް ރަސްމީ ގަޑީގައި ގުޅާލުމަށް ކައުންސިލުން އެދިފައި ވެއެވެ.