އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން(އައ.ިއ.ޯޓ.ީސީ)ގެ 30 ވަނަ ބައްދަލުވުން މިއަދު ރާއްޖޭގައި ފަށައިފި އެވެ.
މިއަދުން ފެށިގެން މިމަހުގެ 15 އަށް ކުރިޔަށްދާ އެ ކޮމިޝަންގެ ބައްދަލުވުން ފަށާފައިވަނީ މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައެވެ. މިއީ އައ.ިއ.ޯޓ.ީސީ ކޮމިޝަންގެ އަހަރީ ބައްދަލުވުމެއް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ބުނީ، މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއ،ި މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާކަމަށެވެ.
އައ.ިއ.ޯޓ.ީސީގެ މައި ބައްދަލުވުމުގެ އިތުރުން، އެކޮމިޝަނުގެ ދަށުން ހިންގާ މުހިންމު އެހެނިހެން ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް ދިވެހިރާއްޖޭގައި ބޭއްވުމަށް ތާވަލުކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އެގޮތުން މިއަދު ކުރިޔަށްދަނީ އައ.ިއ.ޯޓ.ީސީގެ ކޮމްޕްލަޔަންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ ޑެލިގޭޝަންއެއް ބައިވެރިވިއެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި، އައ.ިއ.ޯޓ.ީސީގެ އިދާރީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީގެ 23 ވަނަ ބައްދަލުވުމާއި، މެނޭޖްމަންޓް ޕްރޮސީޖަރސްއާ ބެހޭ ޓެކްނިކަލް ކޮމިޓީގެ 10 ވަނަ ބައްދަލުވުންވެސް ކުރިޔަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އައި.އޯ.ޓީ.ސީގެ ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމުމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއ،ި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަމަށާއި، މިއީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓްރީން ބުނެފައި ވެއެވެ.
މިފަދަ މުހިންމު ފުރުސަތެއް ރާއްޖެއަށް ލިބިގެން މި ދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްނަންގަވައިގެން މި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ސަބަބުންނެވެ. އައ.ިއޯޓ.ީސީ ފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވީ މިކަމުގެ ސަބަބުން މަސްވެރި ސިނާއަތަށް މިކަމުން ކުރާނެ ފައިދާއާއި މިކަމުގެ މުހިންމު ކަމުންކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި މިބައްދަލުވުން ބޭއްވުމުގެ ހުރިހާ ޚަރަދެއް ސަރުކާރުންކުރާކަމީ މިކަމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެއްކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
އައ.ިއ.ޯޓ.ީސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއ،ި އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާއެވެ. އައ.ިއ.ޯޓ.ީސީއިން ނިންމާ ނިންމުންތަކުގެ ތެރޭގައި މި ސަރަހައްދުގެ ކަނޑުމަހުގެ ވަސީލަތްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމުގެ ފިޔަވަޅުތަކާއ،ި މަސްބޭނޭނެ މިންގަނޑުތައް ކަނޑައެޅުމާއި، އިލްމީ ދިރާސާތައް ކުރިއަށްގެންދިއުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ. މި ނިންމުންތަކުގެ ސަބަބުން، ކަނޑުމަހުގެ ބާވަތްތަކުގެ އާބާދީ ދެމެހެއްޓުމަށާއި އަންނަން އޮތް ޖީލުތަކަށް މަސްވެރިކަމުގެ ސިނާޢަތުގެ މަންފާ އިތުރުކުރުމުގެ މަގުފަހިވެގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.