ހއ. އިހަވަންދޫގައި ހިންގި ”އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ“ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން، މިމަހުގެ 21 އިން 26 ވަނަ ދުވަހުގެ ނިޔަލަށް އިހަވަންދީގައި ކުރިއަށް ގެންދިޔައި މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 12 ފަރާތަކުން ބައިވެރިވިއެވެ. އެއީ 8 އަންހެން ބައިވެރިންނާއި 4 ފިރިހެން ބައިވެރިންނެވެ.
މިތަމްރީނު ޕްރޮގްރާމުގައި، މަހުން ތައްޔާރުކުރާ އަގު އެއްކުރި ބާވަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން، އަމަލީ ގޮތުން އެފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުޞަތު ބައިވެރިންނަށް ފޯރުކޮށްދީފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އަދި، ވިޔަފާރީގެ އުޞޫލުން މިފަދަ މަސައްކަތްތައް ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދީފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މި ތަމްރީނު ޕްރޮގްރާމުގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ މިނިސްޓްރީގެ ފަންނީ މުވައްޒަފުންނެވެ.
މި ތަމްރީނު ޕްރޮގްރާމްތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މުހިންމު ޕްރޮގްރާމްތަކެކެވެ.