ކ.މީރުފެންފުށީ ބޭރުގައި ވަދުކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއަދު ކ.މީރުފެންފުށީގެ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމުކޮށްފައިވާކަމަށެވެ. ކަނދުފަތީ ނަންބަރަކީ، H10V02 އެވެ.

މިއާއެކު މާލެ އަތޮޅުގެ ވަދުކަނދުފަތީގެ އަދަދު ވަނީ 4 އަށް އަރާފައެވެ. މީގެކުރިން އެޅި ކަނދުފަތިތައް އޮންނަނީ، ގާފަރުގެ އިރުން 4.5 މޭލު ބޭރުގައި، ކާށިދޫގެ އުތުރުން 4.5 މޭލު ބޭރުގައި އަދި ހުޅުމާލޭގެ އިރުން 5 މޭލު ބޭރުގައެވެ. މި ހުރިހައި ކަނދުފައްޗެއްވެސް ގާއިމުކޮށްފައިވަނީ މި ސަރުކާރުގައެއެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.
ވަދު ކަނދުފަތިތައް ގާއިމުކުރަނީ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް މަސްވެރިންނާއި، ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލުވާ ފަރާތްތަކަށް، ލުއިފަސޭހަކޮށްދިނުމުގެގޮތުންނެވެ.
މުޖުތަމައު
ވިޔަފާރި