މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރަމުންދަނިކޮށް އިންޖީނު ހުއްޓުނު ”ލައިފް ލައިން“ ބޯޓް ކަފުޖަހައިގެން ނައިފަރަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ބޯޓްގެ ކެޕްޓަން ޝާާދިލް ބުނީ، ބޯޓް ގެންދަން މަސައްކަތްކުރަމުންދަނީ ޅ.ނައިފަރަށް ކަމަށާއި، އެ ގެންދަނީ، ށ. އަތޮޅު މަސް އޮޑިއެއްކަމަށްވާ ”ތުހުފާ“ ގައި ކަފު ޖަހައިގެން ކަމަށެވެ. ކެޕްޓަން ބުނީ، ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށާއި، އެންމެންގެ ހާލު ރަނގަޅުކަމަށާއި، ބޯޓުގައި ތިބި މީހުން ނައިފަރަށް ގެންގޮސްފައިވާކަމަށެވެ.
އެ ބޯޓް ކަފުޖަހައިގެން ދަތުރުކުރަމުންދާ ތުހުފާ ދޯނީގެ ކެޔޮޅު މުހައްމަދު ހަސަން ބުނީ މިހާރު ޅ. އަތޮޅަށް ވަދެވިފައިވާކަމަށާއި، މިހާރު ދަތުރުކުރަމުންދަނީ ޅ. މަޑިވަރު ކައިރިންކަމަށެވެ.
https://keyolha.com/wp-content/uploads/2025/07/WhatsApp-Video-2025-07-30-at-12.56.12-PM.mp4
40 މީހުންނާއެކު މާލެއިން ފުރައިގެން، ޅ.ނައިފަރަށް ދަތުރުކުރި ”ލައިފްލައިން“ ބޯޓްގެ އިންޖީނު ހުއްޓުނީ ކާށިދޫގެ އިރުން ދަތުރުކުރަމުންދަނިކޮށްނެވެ. މި ހާދިސާއާއި ގުޅިގެން އެ ބޯޓުގައި ތިބި މީހުން ނައިފަރަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަރކްރާފްޓް ލޯންޗާއި، ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗެއް ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ. އެބޯޓުން އަންހެނުންނާއި ކުޑަކުދިންވެސް ދަތުރުކުރި އެވެ.މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 08:15 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.