ގއ. ފުޅަނގި ބޭރުގައި ވަދު ނަނުގެ މަސްވެރިކަމަށް ޚާއްސަ ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިއަދު، ވަދު ކަނދުފަތި އަޅާފައިވަނީ ފުޅަނގީގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައެވެ. ވަދު ކަނދުފަތި ނަންބަރު: O09V02 އެވެ.

މިއީ މިއަދު ފިޝަރީޒް މިނިސްޓްރީން އެޅި ދެވަނަ ވަދު ކަނދުފައްޗެވެ. މިއަދު ހެނދުނު ކަނދުފަތި އަޅާފައިވަނީ ގއ.މެލައިމުގުގެ ހުޅަނގުން 5 މޭލު ބޭރުގައެވެ. އެވަދު ކަނދުފަތި ނަންބަރަކީ O09V01 އެވެ.
މިއަދު ގާއިމުކުރި މި ދެ ވަދު ކަނދު ފައްޗާއެކު ގއ އަތޮޅުގެ ވަދު ކަނދުފަތީގެ އަދަދު ވަނީ 4އަށް އަރާފައެވެ. އަނެއް ދެ ކަނދުފައްޗަކީ، 2023ގައި އެއަތޮޅު މާމެންދޫ ބޭރުން 4.5 މޭލު ބޭރުގައި އަދި 2024 ގައި އެއަތޮޅުގެ ކޮޑަ ފެހަލާގެ އިރުން 5 މޭލު ބޭރުގައި ގާއިމުކުރި ދެ ވަދުކަނދުފައްޗެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.
މުޖުތަމައު
ވިޔަފާރި