ތ.ތިމަރަފުށީ އައު މަސްމާރުކޭޓް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.
ތިމަރަފުށީ ކައުންސިލް އިދާރާއިން، އައު މަސްމާރުކޭޓް ޑިޒައިންކޮށް، ބީއޯކިޔު ހަދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނުކުރީ މިދިޔަ ޖޫން މަހު މިކަމަށް ކުރި އިޢުލާނާއި ގުޅިގެން ހުށަހެޅި ބީލަންތައް ބޮޑުކަމުންނެވެ. ބީލަން އުސޫލުން މި މަސައްކަތްކޮށްދިނުމަށް ކައުންސިލުން އަލުން ހުޅުވާލީ، ކުރީގެ އިއުލާނުގައިވާ ކްރައިޓީރިއާތައް އަލުން އިސްލާހުކުރުމަށްފަހުގައެވެ.
މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ **21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ބީލަން **ހުށަހެޅުމާއި ބީލަން ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކޮންމެ ފަރާތަކައްވެސް ހުށަހެޅޭނީ އެންމެ ބީލަމެއްކަމަށާއި ގަޑިޖެހުމުގެފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ. އީމެއިލްގެ ޒަރިއްޔާއިންވެސް ބިޑް ބަލައިގަންނާނެކަމަށް ކައުންސިލުން ބުންޏެވެ.












