އދ. ފެންފުށީ ބަނދަރަށް ވަންނަ ނެރުގެ ހުޅަނގު ފަރާތު ފައިކަށީ ސަރަހައްދުން ފިޔަވައި ބަނދަރުގެ އެހެން ސަރަހައްދުތަކުން ވެލި ނެގުން އެރަށު ކައުންސިލުން މަނާކޮށްފި އެވެ.
ފެންފުށި ކައުންސިލް އިދާރާއިން ބުނީ، އެރަށު ބަނދަރުގެ ހުޅަނގު ކޮޅުގައި ބަނދަރުތެރޭގެ އޮއި ދައުރު ކުރުވުމަށްޓަކާ ކެނޑިފައިވާ ސަރަހައްދަށް ވަދެފައިވާ ވެލިގަނޑު މިވަގުތު ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. އަދި ބަނދަރަށް ވަންނަ ނެރުގެ ހުޅަނގު ފަރާތު ފައިކަށީ ގެތެރެއިން ފުރޭނިގެން ނެރުތެރެއަށް ވަދެފައިވާ ވެލިގަނޑު މިހާރު ނެރުތެރެއަށް ވަރަށްބޮޑަށް ނުކުމެފައިވާތީ އެވެލިގަނޑުގެ ސަބަބުން ނެރު ބެދިދާނެ ކަމަށް ފެންނާތީ، ވެލިގަނޑު ނަގާ ހުސްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.












