ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން 03:0 ގައި ރީނދޫ ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން އދ އަތޮޅު ހިމެނޭ ސަރަހައްދަށެވެ. މިރޭ 09:30އާ ހަމަޔަށް  މިއަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްނެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ،  ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާއިރު މިރެއާއި، މާދަމާ ޚާއްސަކޮށް އުތުރުާއި މެދުރާއްޖެތެރޭ އަތޮޅުތަކުގައި އާންމު ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ބެލެވޭތީ މެދުރާއްޖެތެރެއާއި، އުތުރުގެ އަތޮޅުތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާކަމަށެވެ.