ޅ.ކަނުހުރާ ބޭރުގައި ދޮށީ ކަނދުފައްޗެއް އަޅައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ފަންނީ ޓީމުން މިއަދު ގާއިމުކުރި މި ކަނދުފަތި އަޅާފައިވަނީ ޅ.ކަނުހުރާގެ އިރު އުތުރުން 15 މޭލު ބޭރުގައެވެ. ކަނދުފަތީ ނަންބަރަކީ، E10D02 އެވެ.

ޅ. އަތޮޅުގައި މިއަދު ގާއިމުކުރެވުނު މިކަނދުފައްޗަކީ އެއަތޮޅުގައި ގާއިމުކުރެވުނު 4 ވަނަ ކަނދުފައްޗެވެ.