ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ޗައިނާގެ ފުޖިއަން މާވެއި ޝިޕްބިލްޑިންގ ކުންފުންޏަށް ޒިޔާރަތްކުރައްވައިފި އެވެ.

މިއަދު އެކުންފުންޏަށް ކުރެއްވި މި ޒިޔާރަތުގައި، ޗައިނާގެ ބޯޓު ބަނުމުގެ ޞިނާޢަތާ ބެހޭ ގޮތުން އިތުރަށް އޮޅުންފިލުވުމަށްޓަކައި އެ ތަނުގެ ވަސީލަތްތައް މިނިސްޓަރު ބައްލަވާލެއްވިއެވެ. އަދި ދިވެހިރާއްޖެއަށް އެކަށޭނަ ގޮތަށް ބޭނުންކުރެވިދާނެ ޒަމާނީ އުކުޅުތަކާއި ޓެކްނޮލޮޖީތަކާ ބެހޭ ގޮތުން، މައުލޫމާތު ހޯއްދެވިއެވެ. ވަކީން ޚާއްޞަކޮށް ދިވެހި މަސްދޯނިފަހަރުގެ ޑިޒައިނާއި ހަރުދަނާކަން އިތުރުކުރުމަށާއި، ގުޅުންހުރި އެހެނިހެން ޞިނާޢަތްތަކުގައި އައު ގޮތްތައް ތަޢާރަފުކުރުމަށް އެހީތެރިވެދޭނެ ކަންކަމާ ބެހޭ ގޮތުންވެސް މިނިސްޓަރު އެކުންފުނީގެ މާހިރުންނާ މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރުގެ މި ޒިޔާރަތުގައި، ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްޠަލިބާއި، މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.