އއ. މާޅޮހު ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން އަރިއަތޮޅަށް ކުރަމުންދާ ދަތުރުގައި މިއަދު ވަނީ މާޅޮހު ވަދު ކަނދުފަތި، އެރަށުގެ ހުޅަނގުން 4.5 މޭލު ބޭރުގައި ގާއިމުކޮށްފައެވެ،

ވަދު ކަނދުފަތި ނަންބަރަކީ I08V02 އެވެ. މިއީ، އއ އަތޮޅުގައި ގާއިމުކުރެވުނު ދެވަނަ ކަނދުފައްޗެވެ. އަނެއް ވަދުކަނދުފަތި އަޮންނަނީ، ތޮއްޑޫގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.
ވަދު ކަނދުފަތިތައް ޤާއިމްކުރަނީ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް މަސްވެރިންނާއި، ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލުވާ ފަރާތްތަކަށް، ލުއިފަސޭހަކޮށްދިނުމުގެގޮތުންނެވެ.