ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއްކަމަށްވާ ”ބަލްމާ-6“ ބަންޑުން ޖަހާލައި، އޭގައި ހުރި ބައެއް ތަކެތި އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.

ހަތަރު މީހުންނާއެކު ދަތުރުކުރި މި ބޯޓް ބަންޑުން ޖަހާލި މިއަދު ހެނދުނުއެވެ. އޭގެތެރެއިން ދެމީހަކު ސަލާމަތްކޮށްފައިވާއިރު އަނެއް ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.

އެމްއެންޑިއެފްއިން ބުނީ، ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލި މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދިނުމަށް އިލްތިމާސްކުރާކަމަށެވެ. އަދި، މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.