ކުރިޔަށް އޮތް ތިން އަހަރު ނިމޭއިރު، ރާއްޖޭގައި އައިސް ޕްލާންޓްތަކުގައި އައިސް ރައްކާކުރެވޭ ސްޓޯރޭޖްގެ މިންވަރު 24،500 ޓަނަށް ބަދަލުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، ”ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104“ މިނަމުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޢެމަނިކުފާނުގެ ވާހަކަފުޅުގައި، މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް ކޮށްދޭންޖެހޭ އެއްވެސްްކަމެއް ކޮށްނުދީ މަސްވެރިން ބިކަވާން ދޫކޮށްލާފައިވާކަން ފާހަކޮށް މިސަރުކާރުން އެންމެ އިސްކަމެއް ދިނީ މަސްވެރިކަމަށް އިސްކަންދީގެން ސަމާލުކަންދީގެން ކަންތައްތަށް ކޮއްދެވޭތޯކަމަށް ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރު އާއިރު މަސްވެރިންނަށް އެންމެ ބޭނުންތެރި އެއް ވަސީލަތްކަމަށްވާ އައިސްޕްލާންޓްތައް ހަލާކުވެފަހުރިނަމަވެސް، މަރާމާތުނުކޮށް ދޫކޮށްލާފައިވާކަން ފާހަގަކޮށް މިސަރުކާރުން އެތައް އައިސްޕްލާންޓެއް މަރާމާތުކޮށް އަލަށް އެތަށް އައިސްޕްލާންޓެއް ހަދާ މިހާރު އަލަށް ހަތަރު ރަށެއްގަ އައިސްޕްލާންޓް ހުޅުވާފައިވާކަމަށް ވިދާޅުވިއެވެ.
މަސްވެރިންނަށް އައިސްލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މިސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކައް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މަސް އޮޑިފަހަރުގައި ލޮނުން މަސް ފިނިކުރާ ނިޒާމް(އާރް.އެސް.ޑަބްލިއު) ގާއިމުކުރުމަށް ލޯނު ދީގެން ގިނަ ދޯންޔެއްގަ މިހާރު އެ ނިޒާމް ގާއިމުކޮށްފައިވާކަމަށެވެ. އަދި އެ ނިޒާމު ގާއިމުކުރުމަށް ބީއެމްއެލް އިން މިހާރު އާ ފުރުސަތެއް ހުޅުވާލާފައިވާކަން ފާހަގަކުރެއްވިއެވެ.
”މިހާރު ހުޅުވާލާފަ އެބޮތް އާ ފުރުސަތެއް އެތައް ދުއިސައްތަ އެތައް ފުރުސަތެއް ހުޅުވާލާފަ އާރް.އެސް.ޑަބްލިއު ގާއިމުކުރަން. މަސްވެރިން ހަމަ އެ ފުރުސަތު ނަންގަވަންވީ. އެސް.ޑީ.އެފް.ސީ ގެ ތެރެއިން އޮތް ފުރުސަތުގެ ތެރެއިން ނެންގެވީމަ ދޯނީގަ އައިސް ވެސް ލިބޭނެ އެހެންވީމަ އައިސްޕްލާންޓް ގާއިމު ކޮއްދިނުމަށް އަދި ކޯޅްޑް ސްޓޯރޭޖް އިތުރުކޮއްދިނުމަށް މީ އަޅުގަނޑުމެން ކުރަމުންދާ އިތުރު މަސައްކަތެއް،“ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އައިސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މި ސަރުކާރާ ހަވާލުވީއިރު، ކޯލްޑް ސްޓޯރޭޖްގެ މިންވަރު ހުރީ 9،500ޓަނުގައި ކަމަށާއި، ކުރިއަށް އޮތް ތިން އަހަރު ނިމިގެންދާއިރުގަ މިއަދަދު 24،500ޓަނަށް ބަދަލުވެގެން ދާނެކަމަށެވެ.