ނ. މިލަދޫ ބަނދަރުގައި މަސްކަނޑާތަނެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އެރަށު ކައުސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
ބީލަމަށް ހުޅުވާލާ، މިލަދޫ ކައުންސިލުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، މަސްކަނޑާތަނެއް ހެދުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށާއި، މި ހިނގާ މެއިމަހުގެ 28 ވަނަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅޭނެކަމަށެވެ. ކައުންސިލުން ބުނީ، މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ދޫކުރާނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށްކަމަށެވެ.












