ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ބޭރުގެ މަސްބޯޓުތަކެއް އުޅޭކަން ފާހަގަކުރެވިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ.ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދާ، ބޭރުގެ ދެ މަސްބޯޓެއްގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި އެމްއެންޑިއެފުން ހާމައެއް ނުކުރެއެވެ.