އދ. ވިލިނގިލިވަރު ބޭރުގައި ވަދުކަނދުފައްޗެއް އަޅައިފިއެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިއަދު އެ ވަދުކަނދުފަތި ގާއިމުކޮށްފައިވަނީ އެރަށުގެ އިރު ދެކުނުން 6 މޭލު ބޭރުގައެވެ. ކަނދުފަތީގެ ނަންބަރަކީ، I09V02 އެވެ.

މިއީ، އދ އަތޮޅުގައި ގާއިމުކުރެވުނު ދެވަނަ ވަދު ކަނދުފައްޗެވެ. އަނެއް ކަނދުފަތި އޮންނަނީ، މަހިބަދޫގެ އިރުން 5.5 މޭލު ބޭރުގައެވެ. އެ ކަނދުފަތި ގާއިމުކޮށްފައިވަނީ މިދިޔަ އަަހަރުގެ މާޗްމަހުގެ ތެރޭގައެވެ.
މި ވަދު ކަނދުފަތިތައް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް އެއަތޮޅުގެ މަސްވެރިންނާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލުވާ ފަރާތްތަކަށް، ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.
މުޖުތަމައު
ވިޔަފާރި