މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ކަނޑުގެ އަސްކަރީ ތަމްރީންތަކެއް މިއަދު ޅ. ކަނުހުރާ ސަރަހައްދުގައި ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ މިއަދުން ފެށިގެން މިމަހުގެ 30 ގެ ނިލަޔަށް ޅ. ކަނުހުރާ އިރުއުތުރު ފަރާތުން 05 ނޯޓިކަލް މޭލު ބޭރުގައި ތަމްރީނުތަކެއް ކުރިއަށްގެންދާނެކަމަށެވެ. އަދި އަންނަމަހުގެ 01 އިން 05 އަށް، މިއިން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 17:30 އަށް، ޅ. ކަނުހުރާ އިރުއުތުރު ފަރާތުން 05 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށްގެންދިއުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.












