ސަރުކާރު މަސް ކުންފުނި، މިފްކޯއިން މަސްވެރިން އަތުން ގަތް މަހަށް މިދިޔަ ހަފުތާގައި އެކަނިވެސް 23.5 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ފުޅާ އެއްގޮތަށް، މަސްވެރިން އަތުން މަސް ގަންނަތާ 48 ގަޑީއިރުގެ ތެރޭގައި ފައިސާ ދޫކުރަން މިފްކޯއިން ގެންގުޅޭ ޕްލޭންގެ ދަށުން މިދިޔަ ހަފުތާގައި ފައިސާ ދޫކޮށްފައިވަނީ، މިމަހުގެ 15-20 އަށް، ގަތް މަހަށެވެ. މި މުއްދަތުގައި 151 އޮޑިއަކުން މިފްކޯއަށް 27.2 މިލިއަން ރުފިޔާގެ މަސް ވިއްކާފައިވާއިރު، މަސްވެރިން ކްރެޑިޓަށް ނަގާފަހުރި އައިހާއި ތެލުގެ އަގު އެއިން އުނިކުރުމަށްފަހު މަސްވެރިންނަށް ދޫކޮށްފައިވަނީ 23.5 މިލިއަން ރުފިޔާ އެވެ.












