މެދުރާއްޖޭގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
މިރޭ 07:30 ގައި ރީނދޫ ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމަޔަށެވެ. ސަމާލު ނެރެފައިވާ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް ސަމާލުގައި ބުނެފައިވެއެވެ. ސަމާލުގެ ވަގުތު ހަމަވަނީ މިރޭ 11:30 އަށެވެ.
މެޓް އޮފީހުންވަނީ، ހއ އަތޮޅުން ފެށިގެން ލ އަތޮޅާހަމަޔަށް ހުދު ސަމާލެއްވެސް ނެރެފައެވެ. މިރޭ 08:00 އިން ދަންވަރު 02:00 ހަމަޔަށް އެއަތޮޅުަތަކަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ، އެއަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.












