ޗައިނާގެ އެންމެ ބޮޑު އެކުއަޓިކް އުފެއްދުންތަކުގެ ވިޔަފާރި މަރުކަޒުކަމަށްވާ، މަވެއި އެކުއަޓިކް ޕްރޮޑަކްޓްސް ޓްރޭޑިންގ ސެންޓަރަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ޒިޔާރަތްކުރައްވައިފި އެވެ.
މިނިސްޓަރު ޝިޔާމް މިއަދު އެ މަރުކަޒަށް ކުރެއްވި މި ޒިޔާރަތުގައި، އެކުއާޓިކް ސިނާޢަތާ ބެހޭ މައުލޫމާތާއި އެކުއާޓިކް އުފެއްދުންތަކާއި،އޭގެ ވިޔަފާރިއާއި ބެހޭ މައުލޫމާތު އޮޅުންފިއްލުއްވައި، އެތަނުގެ އޮޕަރޭޝަންތައް ތަޖުރިބާކުރައްވައި، އެތަނުގެ ހިންގުމުގެ ނިޒާމާއި ބެހޭ މައުލޫމާތުވެސް ހޯއްދެވިއެވެ. މިނިސްޓަރުގެ މި ޒިޔާރަތުގައި، ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްޠަލިބާއި، މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.












