ބ.އޮޅުގިރީ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިހާރު އުތުރަށް ކުރަމުންދާ ދަތުރުގައި މިއަދު ވަދު ކަނދުފަތި އަޅާފައިވަނީ، ބ.އޮޅުގިރީގެ ދެކުނުން 4.5 މޭލު ބޭރުގައެވެ. ވަދު ކަނދުފަތީގެ ނަންބރަކީ G08V01 އެވެ.

މިކަނދުފައްޗާއެކު ބ އަތޮޅުގެ ވަދު ކަނދުފަތީގެ އަދަދު ވަނީ 3 އަށް އަރާފައެވެ. އަނެއް ދެ ކަނދުފަތި އޮންނަނީ، މަދިރިވާދޫގެ އިރުން 5 މޭލު ބޭރުގައާއި، މާއްޑޫގެ އިރުން 6 މޭލު ބޭރުގައެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.
ވަދު ކަނދުފަތިތައް ގާއިމުކުރަނީ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް މަސްވެރިންނާއި، ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލުވާ ފަރާތްތަކަށް، ލުއިފަސޭހަކޮށްދިނުމުގެގޮތުންނެވެ.
މުޖުތަމައު
ވިޔަފާރި