މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޕްރީމިއަމް ކަންނެލި މަސްދަޅު ބާޒާރަށް ނެރެފި އެވެ.
މިފްކޯއިން އަލަށް ތައާރަފްކުރި ޕްރިމިއަމް އުފެއްދުންތައް ޚާއްސަ “ރަންވަރު” ބްރޭންޑްގެ ދަށުން ރޭ ބާޒާރަށް ނެރެފައިވަނީ ކަންނެލި ސްޓޭކް މަސްދަޅާއި، ކަންނެލި ބަނޑައިދޫ މަސްދަޅެވެ. ކަންނެލި މަސްދަޅުގެ އިތުރުން “ރަންވަރު” ގެ ދަށުން ރޭ ތިން ބާވަތެއްގެ ރިހާކުރުވެސް ރޭ ބާޒާރަށް ވަނީ ނެރެފައެވެ. އެއީ:
ތެލުލި ރިހާކުރު (ހިމުން މުގުރިމަހާ އެކު)
މި އުފެއްދުންތައް ބާޒާރަށް ނެރެފައިވަނީ ރޭ މިފްކޯ މަސްފިހާރައިގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި، މިފްކޯގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރާއި، ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި، މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
“ރަންވަރު” އަކީ މިފްކޯގެ ފަސްމީރު ބްރޭންޑުގެ ދަށުން ނެރުނު ޕްރިމިއަމް އުފެއްދުންތަކަށް ޚާއްސަ ނަމެކެވެ. މިއީ މިގޮތަށް ޕްރިމިއަމް އުފެއްދުންތަކަށް ޚާއްސަކޮށް މިފްކޯއިން ވަކި ބްރޭންޑެއް ތަޢާރަފުކުރި ފުރަތަމަ ފަހަރެވެ. ރަންވަރަކީ ރާއްޖޭގެ ބާޒާރަށް ޚާއްސަކޮށް މިފްކޯއިން ތަޢާރަފުކުރި ބްރޭންޑެއް ކަމަށާއި ބޭރުގެ ބާޒާރަށް ޚާއްސަކޮށް ތައްޔާރުކުރާ އުފެއްދުންތަކެކޭ އެއްގޮތަށް، ރަންވަރުގެ އުފެއްދުންތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
“ރަންވަރު“ ބްރޭންޑްގެ އުފެއްދުންތަކުގެ ރަހަ ބަލައި ތަޖުރިބާކުރުމުގެ ފުރުސަތު ތިން ދުވަސް ވަންދެންް މިފްކޯއިން ވަނީ ހުޅުވާލާފައެވެ. އަދި މިއަދުން ފެށިގެން މާލެ ސަރަހައްދުގެ މިފްކޯ ފިހާރަތަކުން މި އުފެއްދުންތައް ވިއްކަން ވަނީ ފަށާފައެވެ.
މިފްކޯއިން ބުނީ، ރަންވަރު ބްރޭންޑަކީ މިފްކޯގެ އުފެއްދުންތައް އިތުރުކޮށް، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެކެވެ.