އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަަކަށް ގުގުރުމާއެކު މިއަދުވެސް ބޯކޮށް ވާރޭވެހުންް އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެއިދާރާއިން ލަފާކުރާގޮތުގައި، މިއަދު ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަަމަށް ލަފާކޮށްފައި ވެއެވެ.
މިއަދު ކަނޑުތައްވެސް ގަަދަވެފައި، ރާޅުގެ އުސްމިން ހުންނާނީ 4-7ފޫޓްގައި ކަމަށްވެސް ލަފާކޮށްފަައިވެއެވެ.
ރާއްޖޭގައި ހުޅަނގު މޫސުމްގެ ބާރުގަދަވެފައިވާއިރު، މިހާރު އެންމެ މޫސުން ގޯސްވެފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. އެހެންކަމުން މޫސުމާބެހޭ ގައުމީ އިދާރާއިންވަނީ ހއއިން ފެށިގެން ތ.އަތޮޅު ހިމެނޭ ސަރަހައްދަށް ރޭ ދަންވަރު 01:00 އިން ފެށިގެން ހުދު ސަމާލު ނެރެފައެވެ. އެސަމާލުގެ ވަގުތު މިއަދު ހެނދުނު 07:00 އަށް ހަމަވުމާއެކު މިހާރު ވަނީ މެންދުރުފަހު 01:00 އާ ހަމަޔަށް ސަމާލު ދަންމާލާފައެވެ. ސަމާލު ނެރެފައިވަނީ އެއަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށްނެވެ.
މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުން މުސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުން އަލިވާނެކަމަށް ބެލެވެނީ ހުކުރު ދުވަހު ކަމަށް މީގެކުރިން އެއިދާރާއިން ބުނެފައި ވެއެވެ.