މ. ނާލާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލުވުމުގެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފައިވަނީ ރަޢީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. ނާލާފުއްޓަށް މިއަދު ހަވީރު ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހަފްލާގެތެރޭގައެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރ ޑރ. ޢަބްދު الله މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، އަހްމަދު ސަޢުދީއެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރަން ޖެހޭ މަސައްކަތްތައް:












