ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފްް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އާ މަޝްވަރާކޮށްފި އެވެ.
މިނިސްޓަރު އަހްމަދު ޝިޔާމް އިސްވެ ހުންނަވައިގެން ބޭއްވެވި މި ބައްދަލުވުމުގައި، އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން ޙުސައިން ޝަފީޤާއި އެކުންފުންޏާއި މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި، ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން، އައްޑޫ ސިޓީގައި ގާއިމުކުރުމަށް ނިންމާފައިވާ ފިޝަރީޒް އެންޑް މެރިޓައިމް ހަބާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނުކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ބައްދަލުވުމުގައި އެމްޕީއެލްގެ ސީ.އީ.އޯ ވަނީ ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުުރުމަށްް އެކުންފުނީގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައެވެ.











