މިއަދު ރާއްޖޭގެ އެކި ހިސާބުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
ކުރިޔަށް އޮތް 24 ގަޑީއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، މިއަދު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ. އެހެންނަމަވެސް، ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ، 2- 5 ފޫޓް އުސްމިނުގަ އެވެ.










