ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މެންދުރު ފަހު 01:45 އިން މިރޭ 07:45 އާ ހަމަޔަށް ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްނެވެ. އަދި،
ވިލާގަނޑުގައި އެ އަތޮޅުތަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ ބައެއް ރަށްތަަކަށް ކެރީގެ އަސަރު ފޯރައި، ގުގުރުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނޭކަމަށް ލަފާކޮށްފައިވަނީ، އިރުދެކުނާއި ދެކުނުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް ބުނެފައި ވެއެވެ.
ކަނޑުތައް އާދައިގެ ވަރަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ރާޅުނަގާނެކަމަށް ލަފާކޮށްފައިވަނީ2-5 ފޫޓް އުސްމިނުގައެވެ.