ދަ ޔުނައިޓެޑް ނޭޝަންސް އެގްރީމެންޓް އޮން ބަޔޯޑައިވަރސިޓީ ބިޔޯންޑް ނެޝަނަލް ޖޫރިސްޑިކްޝަން(ބީބީއެންޖޭ) ނުވަތަ ހައި ސީސް ޓްރީޓީ، އިތުރު 19 ގައުމަކުން ތަސްދީގްކޮށްފިއެވެ.
މާކަނޑުގެ ދިރުންތަކާއި ސަރަހއްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މި މުއާހަދާގައި 19 ގައުމަކުން ސޮއިކޮށްފައިވަނީ މި މަހުގެ 9-13 އަަށް ފްރާންސްގެ ނީސްގައި ކުރިޔަށްދިޔަ ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސްގެ ހަވާސާގައެވެ.
**
ޔޫއެންއޯސީގެ ތެރޭގައި ހައިސީސް ޓްރީޓީ ތަސްދީގްކުރި އިތުރު ގައުމުތައް:**
އަލްބޭނިއާ
ބަހާމާސް
ބެލްޖިއަމް
ކްރޮއޭޝިއާ
ކޯޓް ޑި އައިވޯއާ
ޑެންމާކް
ފިޖީ
މޯލްޓާ
މޮރިޓޭނިއާ
ވަނޫއަޓޫ
ގްރީސް
ގިނީ-ބިސާއޯ
އިންޑޮނޭޝިއާ
ޖެމެއިކާ
ޖޯޑަން
ލައިބީރިއާ
ސޮލޮމަން އައިލެންޑްސް
ޓޫވާލޫ
ވިއެޓްނާމް
މި ގައުމުތަކުން މުއާހަދާ ތަސްދީގްކުރުމާއެކު، މިހާތަނަށް މުއާހަދާ ތަސްދީގްކުރި ގައުމުތަކުގެ އަދަދު ވަނީ 50 އަށް އަރާފައެެވެ. މުއާހަދާއަށް އަމަލުކުރަން ފަށަން ދެން ބޭނުންވަނީ އެންމެ 10 ގައުމެވެ. 20 ސެޕްޓެމްބަރު 2025 ގެ ނިޔަލަށް ހުރިހާ ގައުމަކުން ސޮއި ކުރުމަށް ހުޅުވާލާފައިވާ މި މުއާހަދާއަށް އަމަލުކުރަން ފަށާނީ 60 ވަނަ ގައުމުން މި މުޢާހަދާ ތަސްދީގު ކުރާތާ 120 ދުވަސް ފަހުންނެވެ.
ޔޫއެންއޯސީގެ ތެރޭގައި އިތުރު 20 ގައުމަކުން ވަނީ ހައި ސީސް ޓްރީޓީގައި ސޮއިކޮށްފަ އެވެ.** އެގައުމުތަކަކީ:**
އެންޑޯރާ
އަރްމީނިއާ
ބުރޫންޑީ
ކެމްބޯޑިއާ
އިކުއެޓޯރިއަލް ގިނީ
ގިނީ
ގިނީ ބިސާއު
ޖޯޑަން
ލުބުނާން
ލެސޯތޯ
މޮންޓެނީގްރޯ
ނިއުއޭ
ނޯތު މެސެޑޯނިއާ
ޕަޕުއާ ނިއު ގިނީ
ޕެރޫ
ސެނެގާލް ސާބިއާ
ދެކުނު އެފްރިކާ
ސެއިންޓް ކިޓްސް
ނެވިސް
ޔަމަން
މި ގައުމުތަކުން ސޮއިކުރުމާއެކު، މިހާތަނަށް ހައި ސީސް ޓްރީޓީގައި ބައިވެރިވި ގައުމުތަކުގެ އަދަދު ވަނީ، 136 އަަށް އަރާފައެވެ.
2015 ވަނަ އަހަރުގައި އދ. ގެ ޢާންމު މަޖިލީހުން ޤާނޫނީ ގޮތުން ބަނދެވޭ މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ ޤާނޫނީ މަސްދަރެއް އެކުލަވާލުމަށް ނިންމަވާފައި ވެއެވެ. އަދި، އެ ނިންމެވުމަށް ފަހު 2016 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ޤާނޫނީ މަސްދަރުގައި ހިމެނޭނެ މައުޟޫޢު އެކުލަވާލުމަށް ފަހު، 19 ޖޫން 2023 ގައި އިސްވެ ބަޔާންކުރެވުނު ޤާނޫނީ މަސްދަރު މުޢާހަދާއެއްގެ ސިފައިގައި ފާސްކޮށްފައި ވެއެވެ. އެއީ، ހައި ސީސް ޓްރީޓީއެވެ.