އައިއައިޓީއީ މެރިޓައިމް އެކެޑަމީ އިން ހިންގާ ކަނޑުދަތުރުކުރާ ފަޅުވެރިންގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އައިއައިޓީއީ މެރިޓައިމް އެކެޑަމީއިން ބުނީ، ކަނޑުދަތުރުކުރާ ފަޅުވެރިންގެ ކޯހުގެ އާ ބެޗެއް އަންނަ މަހު މާލެ ސިޓީގައި ފަށަން ތައްޔާރުވެފައިވާކަމަށެވެ. ކޯހުގެ ކިޔެވުން ކުރިޔަށް ދާނީ ފެބްރުއަރީ މަހުގެ 1-2 އަށް މާލޭގައި ކަމަށާއި، ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކައް 7921961 އަށް ގުޅާލައިގެން މިހާރު ނަން ނޯޓްކުރެވޭނެކަމަށް އެ އެކެޑަމީންބުންޏެވެ.
12 ގަޑީއިރުގެ ކިޔަވައިދޭގޮތައް ކުރިޔަށް ގެންދާ މި ކޯހުގައި ކިޔަވައިދޭ ތަކެތި ފަހުމުވާ، ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ލިޔަން ކިޔަން ދަންނަ އަދި ބޭސިކް ހިސާބު ހަދަން އެނގުމާއެކު ފަތަން އިނގޭ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވިދާނެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ހުއްދައާއެކު މެރިޓައިމް ދާއިރާގެ ގިނަ ކޯސްތަކެއް ހިންގަމުން އަންނަ އައިއައިޓީއީ މެރިޓައިމް އެކެޑަމީއަކީ ރާއްޖޭގައި މެރިޓައިމް ކޯސްތައް ހިންގާތާ އެންމެ ގިނަ ދުވަސްވީ އެކެޑަމީއެވެ. އެތަނުން އާންމުކޮށް ހިންގާ ކޯސްތަކުގެ ތެރޭގައި، ފަޅުވެރިންގެ ސެޓިފިކެޓް-1، ކޯހާއި، ނިޔަމިކަމުގެ ސެޓިފިކެޓް-2ގެ ކޯހާއި، ނިޔަމިކަމުގެ ސެޓިފިކެޓް-1 ކޯސް އަދި މެރިން މެކޭނިކް ކޯސް ހިމެނެއެވެ.