ތުޅާގިރި ކައިރިން ބަންޑުން ޖަހާލި ލޭންޑްކްރާފްޓް އަޑިއަށްގޮސް، އޭގެއިން ބައެއް ތަކެތި އޮޔާދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯރސް(އެމްއެންޑީއެފް)އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފްއިން ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، ކ.ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި އަޑިއަށްގޮސް އުޅަނދުގެ ބައެއްތަކެތި އޮޔާދާތީވެ، އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.
އެމްއެންޑީއެފް އިން ލަފާކުރާގޮތުގައި، އެތަކެތި އޮޔާދާނީ ތުޅާގިރީގެ އިރުމައްޗަށް ވާގޮތަށެވެ.












