ނ. ވެލިދޫ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަންނީ ޓީމުން މިއަދު ވަދު ކަނދުފަތި ގާއިމުކޮށްފައިވަނީ ނ.ވެލިދޫ ދެކުނުން 5.5 މޭލު ބޭރުގައެވެ. ވަދު ކަނދުފަތި ނަންބަރަކީ E09V04 އެވެ.
ނ. ވެލިދޫ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަންނީ ޓީމުން މިއަދު ވަދު ކަނދުފަތި ގާއިމުކޮށްފައިވަނީ ނ.ވެލިދޫ ދެކުނުން 5.5 މޭލު ބޭރުގައެވެ. ވަދު ކަނދުފަތި ނަންބަރަކީ E09V04 އެވެ.
ދަޢުލަތުން ބޮޑު ހޭދައެއްކޮށް، ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ. އަދި، ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަވާގޮތަށް، އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަވާގޮތަށް، ރީނދޫ ކުލައިންނެވެ.
މި ކަނދުފަތިތަކާއި މެދު ސަމާލުވެ، ކަނދުފަތި ބެލެހެއްޓުމުގެ އިންތިޒާމު ވަދު މަސްވެރިކަމާއި މުނިފޫހި ފިލުވުމުގެ މަސްވެރިކަން ކުރާ ފަރާތްތައް މެދުވެރިކޮށް ކުރުމަށް ހަމަޖެހިފައިވާތީ، ކަނދުފައްޗަށް ގެއްލުމެއް ލިބިއްޖެނަމަ ލިބޭ ގެއްލުން ލަސްނުކޮށް އަންގައިދިނުމަށް ފިޝަރީޒް މިނިސްޓްރީން އެދިފައި ވެއެވެ. އެގޮތުން، ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ކަނޑައިގެން ދިޔަ ތާރީޚާއި، ހޮވިނަމަ ހޮވި ތާރީޚާއި، ހޮވި ފަރާތާއި، ހޮވި އުޅަނދާއި، ބޮޔާއި، އަދި ބޮޔާއެކު ހޮވި ތަކެތި އަދި ކަނޑައިގެން ގޮސްފައިހުރި ތަނުގެ ތަފްޞީލް މަޢުލޫމާތުވެސް ލަސްނުކޮށް އަންގައިދިނުމަށްވެސް އެދިފައި ވެއެވެ.
މުޖުތަމައު
ވިޔަފާރި
މުޖުތަމައު