ވާވު އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓި އޮޔާދާތީ ސަމާލުވާން އެދިއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) އިން ބުނީ ވާވު އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓިގެން، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.
މިބޯޓު އޮޔާދާނެ ކަމަށް އެމްއެންޑިއެފުން ލަފާކުރަނީ ވާވު އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށެވެ. އެހެންކަމުން ވާވު އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފައި ވެއެވެ. ވަކީން ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑިއެފްއިން އެދިފައި ވެއެވެ.
މި ބޯޓް އޮންނަ ސަރަހައްދަކީ ފަތުރުވެރިންނާއި ދިވެހީންގެ މެދުގައި ވަރަށް މަގްބޫލު ތަނެކެވެ. ގިނަ ބަޔަކު ޗުއްޓީ ހަދައިގެން ގޮސް އެތަނަށް ފީނާ ހަދައެވެ.