ކުޅުދުއްފުށީ އޮޑިއެހެލާ ސަރަޙައްދު އިންވަކިކުރުމުގެ ގޮތުން ފާރެއް ރޭނުމަށާއި، އެސަރަޙައްދު އަލިކުރުމަށް ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާކަމަށެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 އޭޕްރިލް 2026 ވާ ބުރާސްފަތިދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައި ކަމަށާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް 08 އޭޕްރިލް 2026 ވާ ބުދަދުވަހުގެ 10:30 ގެ ނިޔަލަށް ލިންކް މެދުވެރިކޮށް ބިޑުގައި ރަޖިސްޓްރީ ކުރެވޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.












