މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ”ޕަޑީ ސެޓިފައިޑް އޯޕަން ވޯޓަރ ޑައިވިންގ ކޯސް“ އެއް ބާއްވަން ނިންމައި، އެ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
މިކަން އާންމުކޮށް އެކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެއަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ޒުވާނުންނަށް އަމާޒުކޮށްގެން ”ޕަޑީ ސެޓިފައިޑް އޯޕަން ވޯޓަރ ޑައިވިންގ ކޯސް“ އެއް ރ. އަތޮޅުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި، ކޯސް ހިންގައިދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ތައްޔާރުކޮށް، 24 ނޮވެންބަރު 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް އީމެއިލްކޮށްދިނުމަށް އެދޭކަމަށެވެ. މެއިން އައިޑީއަކީ: info@rac.gov.mv އެވެ.
ކައުންސިލުން ބުނީ، މިމަސައްކަތަށް ބިޑް ޑޮކިއުމަންޓް ހުށަހަޅާއިރު، ހުށަހަޅާ ފަރާތްތަކުގެ ޕްރޮފައިލާއ،ި ކުންފުނީގެ ރަޖިސްޓްރީ ކޮޕީއަކާއ،ި ޖީއެސްޓީ ސެޓްފިކެޓުގެ ކޮޕީ އަކާއ،ި ޕަޑީ ސެޓްފިކެޓް ކޮޕީ އަދި ފާއިތުވެދިޔަތަނުގައި ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ތަފްސީލު ލިޔުމުން ހުށަހަޅަންވާނެކަމަށާއި، މަސައްކަތުގެ އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިން ކަމަށެވެ.
މީގެއިތުރުން، މިކޯހަކީ ބައިނަލްއަގުވާމީ ފެންވަރުގައި ޤަބޫލުކުރެވޭ، ޕަޑީ އިން ސެޓިފައިކުރާ ކޯހަކަށް ވާންވާނެކަމަށާއި، ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތައްވެސް ވާންވާނީ ޕަޑީ އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް ހިންގުމަށް އިންސްޓްރަކްޓަރުކަމުގެ ސަނަދު ލިބިފައިވާ ފަރާތްތަކައް ވާންޖެހޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.