ގދ.ރަތަފަންދޫގައި އައިސްޕްލާންޓެއް ގާއިމުކުރުމާމެދު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށްދިޔައީ މިމަހުގެ 10 ވަނަ ދުވަހު ގދ. ރަތަފަންދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

ގދ.ރަތަފަންދޫގައި އައިސްޕްލާންޓެއް ގާއިމުކުރުމާމެދު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށްދިޔައީ މިމަހުގެ 10 ވަނަ ދުވަހު ގދ. ރަތަފަންދޫ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
ރަތަފަންދޫ ކައުންސިލް މެންބަރުންނާއި، މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި، މަސްވެރިކަމާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން، ރަތަފަންދޫގައި އައިސްޕްލާންޓެއް ގާއިމުކުރުމާއި މޫދުވިނަ ތައާރުފްކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށް މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި، މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއެރުވުމަށްޓަކައި މި ދާއިރާގައި ކުރެވިދާނެ މަސައްކަތްތަކާއި އަދި ދާއިރާއިން ލިބެންހުރި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެއެވެ.