މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން 4،512.3 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާ ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 4،512.3 މެޓްރިކް ޓަނުގެ މަހެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 8،574.1 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން ރާއްޖެއިން މިއަހަރުގެ ޖެނުއަރީ މަހު މަސް އެކްސްޕޯޓްކުރި މިންވަރު މިވަނީ ވަރަށް ބޮޑު ތަނުން ދަށްވެފަ އެވެ. އެއީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު %47.4ގެ ދަށްވުމެކެވެ.
ޖުމްލަކޮށް ބަލާއިރު، ފިނިކުރި ނުވަތަ ގަނޑުކުރި ތާޒާ މަހުގެ 3،703.3 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައި ވެއެވެ. އޭގެތެރޭގައި، 2،213.9 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް، 1،472.5 މެޓްރިކް ޓަނުގެ މަސް، އަދި 16.9 މެޓްރިކް ޓަނުގެ އެހެނިހެން ވައްތަރުގެ ޓޫނާ އެކްސްޕޯޓްކޮށްފައި ވެއެވެ.












