ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ.ތިލަފުށްޓަށް ދަތުުރުކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ.
ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުންދިޔަ ”ގުރުވަ 1“ ނަމަކަށްކިޔާ މި ދޯނި، ނ.ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 11:24 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓުން އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ ހާބަރކްރާފްޓްއަށް ނެގިކަމަށާއި، އެމީހުން މިއަދު 08:45 ހާއިރު ނ.ހޮޅުދޫއަށް ގެންގޮސްދީފައިވާކަމަށް އެމްއެންޑިއެފްއިން ބުންޏެވެ.
ދޯނިން ދަތުރުކުރި އެންމެންގެ ވެސް ހާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.