ރ. އަނގޮޅިތީމު ބަނދަރުމަތި މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
މިކަމާގުޅޭގޮތުން ރ. އަނގޮޅިތީމު ކައުންސިލުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފޮތް ގަނެގެން، އެޕްރީލް 13 ހޯމަ ދުވަހުގެ 13:15އަށް މަޢުލޫމާތު ސާފުކުރަން ކައުންސިލަށް ހާޒިރުވުމަށް އެދޭކަމަށެވެ. އަދި، ބީލަން ފޮތް އެޕްރީލް 07 ވާ އަންގާރަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 11:30 އާދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ގަންނަން ލިބޭނެކަމަށާއި، ބީލަން ފޮތެއްގެ އަގަކީ -/150ރުފިޔާކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.












