ސ. ހުޅުމީދޫ ބޭރުގައި ސްޕޯޓްސް ފިޝިންގއަށް ޚާއްސަ ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީ ޓީމުން މިއަދު އެ ކަނދުފަތި އަޅާފައިވަނީ އެރަށުގެ އިރުން 5 މޭލު ބޭރުއެވެ. ވަދު ކަނދުފަތީގެ ނަންބަރަކީ R09V02-01 އެވެ.
ކަނދުފަތީގެ ލޮކޭޝަން:

0°35.000’S
19.000 73°’E
މި ވަދު ކަނދުފަތި ގާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރައި، އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މި ވުޒާރާއިން އަންނަނީ ކުރަމުންނެވެ.