މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ޕީޕީޖީ މޮޅު މެރިން ދަވާދުގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
”ޕީޕީޖީ ވީކް“ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ލޯންޗްކުރީ މިހާރު ކުރިޔަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިންނެވެ. ޕްރޮމޯޝަން ލޯންޗްކޮށްދެއްވީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އެވެ.
އެމްޓީސީސީ ކަށަވަރު ޓީމުން ބުނީ، މި ޕްރޮމޯޝަން މިއަދުން ފެށިގެން މިމަހުގެ 13 ހަމަޔަށް ކުރިޔަށް ގެންދާނެކަމަށެވެ. އަދި މިމުއްދަތުގައި ޕީޕީޖީ ބްރޭންޑްގެ ދަވާދުން ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެކަމަށެވެ. އެގޮތުން މި ހަފްތާގެ ތެރޭގައި އެމްޓީސީސީން ކަށަވަރުން ގަންނަ ޕީޕީޖީ ދަވާދުން %8 އާ ހަމަޔަށް ޑިސްކައުންޓް ލިބޭނެކަމަށް އެމްޓީސީސީ ކަށަވަރު ޓީމުން ބުންޏެވެ.












